ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާންމިއުނިކުން 2-1 އިން ޕީއެސްޖީ ބަލިކޮށްފިއެވެ.
މެޗުގެ ފަށައިގެން 4 ވަނަ މިނުޓްގައި ބަޔާންގެ ލުއިސް ޑިއާޒް ވަނީ ގޯލެއްޖަހާ ބަޔާންއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އޭގެ ވަގުތު ކޮޅެއްފަހުން ޕީއެސްޖީގެ އޮސްމާނޭ ޑެމްބެލޭ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލިނަމަވެސް ވީއޭއާރުން ވަނީ އޭނާ ހުރީ އޮފްސައިޑް ޕޮސިޝަނެއްކަމުގައި ނިންމާ ގޯލެއް ނޫންކަމަށް ނިންމާފައެވެ.
މެޗުގެ 32 ވަނަ މިނުޓުގައި ލުއިސް ޑިއާޒް ވަނީ އިތުރު ގޯލެއް ޖަހާ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. އެއަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ ރަތްކާޑެއްވެސް ހޯދާފައެވެ. މިއީ ޑިއާޒް ޕީއެސްޖީގެ އަޝްރަފް ހަކީމީ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ދެއްކި ކާޑެކެވެ.
މެޗުގައި ޕީއެސްޖީގެ ލަނޑު ކާމިޔާބުކޮށްދިނީ 74 ވަނަ މިނެޓުގައި ޖޮއާ ނެވޭސް އެވެ.
ޗެމްޕިއަންސް ލީގުގައި ދެން ކުޅުނު މެޗުތަކަށް ބަލާލާއިރު ލިވަޕޫލުން ވަނީ 1:0 އިން. ރެއާލް މެޑްރިޑް ބަލިކޮށްފައެވެ. އަދި އެތްލެޓިކޯ މެޑްރިޑުން 3:1 އިން ޔޫނިއަން ސެއިންޓް ގިލޮއިސް ބަލިކުރިއިރު ޓޮޓެންހަމް އިންވަނީ 4؛0 އިން ކޮޕަންހެގަން ބަލިކޮށްފައެވެ.


