ފަހުވަގުތު އޮޑި ބަލިކޮށް މާޒިޔާއިން އެއްވަނައިގައި ލީޑު ފުޅާކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ގަލޮޅު ދަނޑުގައި މާޒިޔާ އަދި އޮޑި ސްޕޯޓްސް ކްލަބް ވާދަކޮށް 1:0 އިން މާޒިޔާ ކުރި ހޯދައިފިއެވެ.

މާޒިޔާގެ ގޯލު ޖެހީ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައެވެ. މި ގޯލު ޖަހާދިނީ މާޒިޔާގެ ގައުމީ ޓީމް ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު)އެވެ.

މިއީ ހަމްޕު މި ސީޒަންގައި ޖެހި ހަތަރުވަނަ ގޯލެވެ. ރޭގެ މެޗުގައި އޭނާ ވަނީ އަހުމަދު އައިހަމް (ފަތޯ) ހުސްކޮށްލާފައި ދިން ބޯޅަ ހޯދައި އޭރިއާ ތެރޭ ހުސްކޮށް ހުރެ ކީޕަރު ކައިރިން ވެސް ނައްޓާލާފައި ޖެހި ގޯލާ އެކު، މާޒިޔާ މޮޅުވަމުން އަންނަ ސިލްސިލާ ދަމަހައްޓައިފައެވެ.

މި މޮޅާ އެކު މާޒިޔާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށް 21 ޕޮއިންޓް ހޯދައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ