އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕްގެ ޖާގަ ޕޯޗުގަލް އިން ކަށަވަރުކޮށްފިއެވެ.
ޕޯޗުގަލްއިން ވޯލްޑްކަޕަށް ކޮލިފައިވީ މިރޭ އަރްމީނިއާ 9:1 އިން ބަލިކުރުމަށްފަހުއެވެ.
މި މެޗުގައި ޕޯޗުގަލްގެ މެންޗެސްޓަރ ޔުނައިޓެޑް މިޑްފީލްޑަރ ބްރޫނޯ ފެނާންޑެޒް އަދި ޕީއެސްޖީގެ ޖޮއާއޮ ނެވޭޒް ވަނީ ހެޓްރިކް ހަދާފައެވެ.
މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނުގެ ސަބަބުން ނުކުޅެއެވެ.
މިއީ ޕޯޗުގަލް ވޯލްޑްކަޕަށް ކޮލިފައިވީ 9 ވަނަ ފަހަރެވެ. އޭގެ ތެރެއިން މިއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ 6 ވަނަ ވޯލްޑްކަޕްކަން ފާހަގަކޮށްލަން ޖެހެއެވެ.


