ވޯލްޑްކަޕް 2026 ކޮލިފައިންގައި ރޭ ޖޯޖިއާ 4:0 އިން ބަލިކޮށް ސްޕޭނުން ބަލިނުވެ 30 މެޗު ހަމަކޮށްފިއެވެ.
ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 11 ވަނަ މިނެޓުގައި ސްޕެއިންގެ މިކޭލް އޮޔަރޒަބެލް ވަނީ ލީޑު ނަގާދީފައެވެ.
މި މެޗުގައި ސްޕެއިނުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާޓިން ޒުބަމެންޑީއެވެ.
3 ވަނަ ލަނޑު ފެރާން ޓޮރޭޒް ޖަހާދިންއިރު ހަތަރުވަނަ ލަނޑު ވެސް ޖަހާދިނީ އޮޔަރޒަބެލްއެވެ.
ކޮލިފައިންގެ ގްރޫޕް އީ ގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ފަސް މެޗުން 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފައެވެ. ދެވަނައިގައި އޮތް ތުރުކީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.


