އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލާއި ސިޓީވެސް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަނުން ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީވެސް ބަލިވެއްޖެއެވެ.

ލިވަޕޫލް ބަލިވީ ނޮޓިންހަމް ފޮރެސްޓް އަތުން 3:0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ނޮޓިންހަމްގެ ގޯލުތައް ޖަހާދިނީ މުރިލޯ، ސަވޯނާ އަދި ގިބްސް ވައިޓް އެވެ.

މެންޗެސްޓަރ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗް 2:1 އިން ނިއުކާސަލް ކާމިޔާބުކުރި އެޓީމުގެ 2 ގޯލުވެސް ޖަހާދިނީ ހާވޭ ބާންސް އެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ. އަދި 18 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 11 ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ