އެޒޭގެ ހެޓްރިކާއެކު އާސެނަލް އެއްވަނައިގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް 4-1 އިން ބަލިކޮށް އާސެނަލުން ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިރޭގެ މެޗުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމަށް މެޗުގެ ލީޑު ނަގާދިނީ 36 ވަނަ މިނުޓްގައި ލިއާންޑްރޯ ޓްރޮސާޑް އެވެ.

މި މެޗުގައި އާސެނަލް އިން މިފަހަރު އަލަށް ގެނައި ކުޅުންތެރިޔާ އެބެރެޗީ އެޒޭ ވަނީ ހެޓްރިކް ހަދާފައެވެ.

މި ނަތީޖާއާއެކު އާސެނަލް 29 ޕޮއިންޓާއެކު އެއްވަނައިގައި ލީޑް ފުޅާކުރިއިރު ޓޮޓެންހަމް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ