އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ރެއާލުން ގެއްލުވާލައިފި

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި ހަމަޖެހިލަން ލިބުނު ފުރުސަތު ރެއާލްމެޑްރިޑުން ގެއްލުވާލާ ލަލީގާގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

މެޑްރިޑް އަދި އެލްޗޭ ރޭ ކުޅުނު މެޗު ނިމުނީ 2:2 އިން އެއްވަރުވެގެނެވެ.

މެޗުގައި ރެއާލުގެ ލަނޑުތައް ޖަހާދިނީ ހޮޖްސަން އަދި ޖޫޑް ބެލިންހަމްއެވެ.

ރެއާލް އެއްވަރުވިއިރު ވާދަވެރި ބާސެލޯނާ އިން ވަނީ 4:0 އިން އެތްލެޓިކް ކްލަބް ބަލިކޮށްފައެވެ. އެއާއެކު ރެއާލް އާ ބާސާ އާ ދެމެދުގެ ތަފާތު ވަނީ ޕޮއިންޓަކަށް ކުޑަވެފައެވެ.

32 ޕޮއިންޓާއެކު ރެއާލް 1 ވަނަ ލިބޭއިރު ބާސާ 2 ވަނައިގައި އޮތީ 31 ޕޮއިންޓާއެކުއެވެ. އަދި 29 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ވިލަރެއާލްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ