ޗެލްސީ އިން ބާސާ ލަދުގަންނަވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އަދި ޗެލްސީ ބައްދަލުކުރި މެޗު 3:0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

މެޗުގެ ކުރީކޮޅު ޗެލްސީ އިންވަނީ މެޗުގެ ލީޑު ނަގާފައެވެ. މިއީ ބާސެލޯނާގެ ޑިފެންޑަރު ޖޫލްސް ކުންޑޭގެ ގެ ގައިގައި ޖެހިފައި ވަން އޯން ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ކެޕްޓަން އަރައުހޯ އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ޗެލްސީގެ ދެވަނަ ގޯލު ޖަހާދިނީ 55 މިނުޓްގައި ބްރެޒިލްގެ އަރަމުން އަންނަ ތަރި އެސްޓަވާއޯ އެވެ. އަދި ތިންވަނަ ލަނޑު ޖަހާދިނީ 73 ވަނަ މިނުޓްގައި ލިއަމް ޑެލަޕް އެވެ.

މިއީ ހަންސީ ފްލިކްގެ ޓީމަކުން ޗެމްޕިއަންސްލީގު މެޗެއްގެައި ގޯލެއްނުޖެހި ބަލިވި ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ