ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަދި އާސެނަލް ބައްދަލުކުރި މެޗު 3:1 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ކުރީކޮޅު އާސެނަލުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު 22 ވަނަ މިނުޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓިމްބާ އެވެ. ނަމަވެސް އެއަށްފަހު މާގިނަ އިރުތަކެއްނުވެ ބަޔާންގެ ލެނާޓް ކާލް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އާސެނަލަށް އަލުން މެޗުގެ ލީޑު ނަގާދިނީ 69 ވަނަ މިނުޓްގައި ނޮނީ މަޑުއެކޭއެވެ. އަދި 77 ވަނަ މިނުޓްގައި ބަޔާންގެ ކީޕަރު ނޯޔާގެ މިސްޓޭކެއްގެ ފައިދާ ނަގާ މާޓިނެއްލީ ވަނީ އާސެނަލްގެ 3ވަނަ ލަނޑު ޖަހާދީފައެވެ.
މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި ބަޔާން އޮތީ 12 ޕޮއިންޓާއެކު 3 ވަނައިގައެވެ.


