ޔުއެފާ ޗެމްޕިއަންލީގުގައި ރޭ ޕީއެސްޖީ އަދި ޓޮޓެންހަމް ބައްދަލުކުރިމެޗު 5:3 ގެ ނަތީޖާއާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ލީޑު އެންމެ ފުރަތަމަ ނެގީ ޓޮޓެންހަމްއިންނެވެ. މި ލަނޑު ޖަހާދިނީ 35 ވަނަ މިނުޓްގައި ރިޗާލިސަންއެވެ. ނަމަވެސް 45 ވަނަ މިނުޓްގައި ޕީއެސްޖީގެ ވިޓީނިއާ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ދެވަނަ ހާފު ފަށައިގެން 50 ވަނަ މިނުޓްގައި ޓޮޓެންހަމްގެ ކޯލޯ މުއާނީ ވަނީ އަނެއްކާވެސް އެޓީމަށް ލީޑު ނަގާދީފައެވެޡ
އޭގެ ތިން މިނެޓްފަހުން ވީޓީނިއާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު ފަބިއަން ރުއިޒް ވަނީ ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި 65 މިނުޓްގައި ޕަޗޯ ޕީއެސްޖީގެ 4 ވަނަ ލަނޑު ޖަަހާދިނެވެ.
އޭގެ އިރުކޮޅެއްފަހުން ޓޮޓެންހަމްގެ ކޯލޯ މުއާނީ ވަނީ ގޯލެއް ޖަހާ މެޗުގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް 76 މިނުޓްގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން ވިޓީނިއާ ވަނީ ޕީއެސްޖީގެ ފަސްވަނަ ލަނޑު ޖަހާދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ދެވަނައިގައެވެ.


