ޕޯޗުގަލްއިން 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ފީފާ އަންޑަ-17 ވޯލްޑްކަޕްގެ ޗެމްޕިއަންކަން ޕޯޗުގަލްގެ 17 އަހަރުން ދަށުގެ ގައުމީޓިމުން ހޯދައިފިއެވެ.

ފައިނަލުގައި ޕޯޗުގަލް އަދި އޮސްޓްރިއާ ބައްދަލުކުރި މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 1:0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަމައެކަނި ގޯލް 32 ވަނަ މިނެޓުގައި ޖަހައިދިނީ ބެންފީކާގެ ޒުވާން ތަރ އަނިސިއޯ ކަބްރާލްއެވެ.

މިހާރު 48 ގައުމު ބައިވެރިވާ ގޮތަށް އަދި އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ބަދަލުކޮށްފައިވާ މި މުބާރާތުގެ ތަށި ޕޯޗުގަލްއަށް ލިބުމަކީ އެ ޓީމުގެ ތާރީޚުގައި މި ފެންވަރުގެ މުބާރާތެއްގައި ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ