ޑިޕޯޓިވޯ އަލްވޭސް ބަލިކޮށް ބާސެލޯނާ ލަލީގާގެ އެއްވަނަ އަށް

ސްޕެނިޝް ލަލީގާގައި މިރޭ ޑިޕޯޓިވޯ އަލަވޭސް 3:1 އިން ބަލިކޮށް ބާސެލޯނާ އިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބާސާ އަށް އެއްވަނަ ލިބެނީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ.

މިރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އަލްވޭސް އިންނެވެ. މެޗުގެ ފުރަތަމަ މިނުޓްގައި މި ލަނޑު ޖަހާދިނީ އެޓީމުގެ އިބަނޭޒްއެވެ.

ނަމަވެސް މާގިނައިރުތަކެއްނުވެ ބާސާގެ ލަމީން ޔަމާލް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ބާސާގެ އަނެއް 2 ލަނޑު ޖަހާދިނީ ޑެނީ އަލްމޯއެވެ.

މިއީ ބާސެލޯނާއިން މަރާމާތަށްފަހު އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ މެޗެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ