އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލީޑްސް އަތުން މެންޗެސްޓަރ ސިޓީ ހަނިމޮޅެއް ހޯދައިފިއެވެ.
މި މެޗު ސިޓީ ކާމިޔާބު ކުރީ 3:2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ މިނުޓްގައި ފިލް ފޮޑެން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ.
އަދި 25 ވަނަ މިނުޓްގައި ގްވާޑިއޯލްގެ ލަނޑުން ސިޓީ ލީޑް ފުޅާކުރިނަމަވެސް ލީޑްސް އިން ވަނީ ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ފަހުވަގުތު ސިޓީ މޮޅުކޮށްދިން ލަނޑު ޖަހާދިނީ ފިލް ފޮޑޭންއެވެ.
މި ނަތީޖާއާއެކު ސިޓީ އޮތީ 25 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.


