ކޮޕާ ލިބާޓެޑޯސްގެ ޗެމްޕިއަންކަން ފްލެމެންގޯއަށް

ދެކުނު އެމެރިކާގެ ކްލަބް ތަކުގެ މެދުގައި ކުޅެވޭ ވާދަވެރި ކޮޕާ ލިބާޓެޑޯސްގެ ޗެމްޕިއަންކަން ބްރެޒިލްގެ ފްލެމެންގޯއިން ހޯދައިފިއެވެ.

ފްލެމެންގޯ އިން މި މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޕަލްމެއިރާސް އާ ވާދަކޮށް 1:0 އިން މެޗު ކާމިޔާބުކޮށްގެނެވެ.

މި މެޗުގައި ފްލެމެންގޯގެ ހަމަ އެކަނި ގޯލު ކާމިޔާބުކޮށްދިނީ 67 ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ޑެނީލޯ އެވެ.

ޑެނީލޯ ވަނީ ރެއާލްމެޑްރިޑާއެކު ޗެމްޕިއަންސް ލީގު ދެފަހަރު އަދި ސަންޓޯސްއާއެކު 2011 ވަނަ އަހަރުގެ ކޮޕާ ލިބާޓެޑޯސްވެސް ކާމިޔާބުކޮށްފައެވެ.

މިއާއެކު ޑެނީލޯ ވެފައިވަނީ ތާރީހުގައިވެސް ދެ ކޮޕާ ލިބާޓެޑޯސް އަދި ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަދި މިއީ ފްލަމެންގޯގެ ހަތަރު ވަނަ ކޮޕާ ލިބާޓެޑޯސް ތައްޓެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ