ކެރިއަރުގެ 47 ވަނަ ތަށި މެސީ ހޯދައިފި

އެމެރިކާގެ އީސްޓާން ކޮންފަރެންސް ލީގުގެ ތަށި ލިއޮނެލް މެސީގެ އިންޓަ މިއާމީ އިން ހޯދައިފިއެވެ.

މި ތަށި މިއާމީ އިން ހޯދީ އެމްއެލްއެސް ކަޕުގެ ޕްލޭއޮފުގައި ނިއުޔޯކް ސިޓީ އެފްސީ 5:1 އިން ބަލިކޮށްގެނެވެ.

މި މެޗުގައި އެޓީމުގެ ޓަޑެޔޯ އަޔާންޑޭ ވަނީ ހެޓްރިކް ހަދާފައެވެ. އަދި މި މެޗުގައި މެސީ ހެދި އެސިސްޓާއެކު އޭނާ ވެފައިވަނީ ތާރީހުގައިވެސް އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާއަށެވެ.

މި ތަށި އިންޓަ މިއާމީ އިން. ހޯދުމާ ގުޅިގެން އެޓީމަށް ވަނީ އެމްއެލްއެސް ކަޕުގެ ޕްލޭއޮފް ފައިނަލުން ޖާގަ ލިބިފައެވެ.

ފައިނަލުގައި ޑިސެމްބަރު 7 ވަނަ ދުވަހު މިއާމީ ނުކުންނާނީ ވެންކޫވާ ވައިޓްކެޕްސް އާ ދެކޮޅަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ