ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރިކޯޑް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މުގުރާލައިފިއެވެ.
މެސީ މި ރިކޯޑް ހެދީ 405 އެސިސްޓް ހަދައިގެނެވެ. އޭނާގެ 405 ވަނަ އެސިސްޓް ހެދީ ރޭގައި އިންޓަ މިއާމީ އަދި ނިއުޔޯކް ސިޓީ ކުޅުނު އެމްއެލްއެސް ކަޕުގެ ސެމީ ފައިނަލުގައެވެ.
މީގެ ކުރިން މި ރިކޯޑް އޮތީ ހަންގޭރީގެ ފްރޭންކް ޕުސްކަސް އަތުގައެވެ. އެއީ 404 އެސިސްޓެވެ.
8 ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފައިވާ މެސީ މިވަނީ އަނެއްކާވެސް ރިކޯޑެއް މުގުރާލާ ތާރީހުގައި އެންމެ ޑެކަރޭޓެޑް ކުޅުންތެރިޔާއަށް އަނެއްކާވެސް ވެފައެވެ.


