އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑް 3:1 އިން ބަލިކޮށް ބާސެލޯނާ އިން އެއްވަނަިއގައި 4 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އެތްލެޓިކޯ މެޑްރިޑުންނެވެ. 19 ވަނަ މިނުޓްގައި މި ލަނޑު ޖަހާދިނީ އަލެކްސް ބައެނާއެވެ.

ނަމަވެސް މާގިނައިރުތަކެއްނުވެ ބާސާގެ ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބާސާ އަށް ޕެނަލްޓީއެއް ލިބި ވަނީ ނާކާމިޔާބުވެފައެވެ. ރޮބަޓް ލެވަންޑޮސްކީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ މަތީ ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފު ފަށައިގެން 65 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ވަނީ ބާސާއަށް ލީޑު ނަގާދީފައެވެ. އަދި އެޓީމުގެ 3 ވަނަ ލަނޑު ޖަހާދިނީ 96 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް އެވެ.

މި މެޗުން ބަލިވުމާއެކު އެތްލެޓިކޯ އޮތީ 31 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ