ފުލްހަމް އަތުން ސިޓީ ކިރިޔާ ބަލިނުވެ ސަލާމަތްވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި ކުޅުމަކަށްފަހު މެންޗެސްޓަރ ސިޓީއިން ފުލްހަމް ބަލިކޮށްފިއެވެ.

މެޗު ސިޓީއިން ކާމިޔާބުކުރީ 5:4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީއިން ވަނީ ފުލުފުލުގައި 4 ގޯލުޖަހާފައެވެ.

މި ގޯލުތައް ޖަހާދިނީ ހާލަންޑް، ރެއިންޖްޑާސް އަދި ފިލް ފޮޑޭންއެވެ. ފޮޑޭން ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ ފަސްވަނަ ލަނޑަކީ ފުލްހަމް ކުޅުންތެރިއެއް ބައިކޮޅަށް ވަން ލަނޑެކެވެ.

5 ލަނޑުގެ ލީޑެއްގައި ސިޓީ އޮއްވައި ފުލްހަމްއިން ވަނީ ފަހަތުނއ އަރާ 4 ލަނޑު ޖަހާފައެވެ.

ނަމަވެސް ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އެޓީމަށް ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވިއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ 28 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ފުލްހަމް އޮތީ 17 ޕޮއިންޓާއެކު 15 ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ