އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑުން 3:1 އިން ޗެލްސީ ބަލިކޮށްފިއެވެ.
މެޗުގެ 6 ވަނަ މިނެޓުގައި ޖާކާ ބިޖޯލް ވަނީ ލީޑްސް އަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހާދިނީ ލީޑްސް ޔުނައިޓެޑްގެ އާއޯ ޓަނާކާއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 2:0 އިން ލީޑްސް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން 5 މިނެޓުތެރޭގައި ޗެލްސީގެ ޕެޑްރޭ ނޭޓޯގެ ލަނޑުން ޗެލްސީއިން ނަތީޖާގެ ފަރަގު ކުޑަކުރިނަމަވެސް މެޗުގެ 72ވަނަ މިނެޓުގައި ކެލްވާޓްލެވިން ވަނީ ލީޑްސް އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
މި ނަތީޖާއާއެކު ޗެލްސީ ވަނީ 4 ވަނަ އަށް ވެއްޓިފައެވެ.


