އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާ ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުތަކުން އެ ދެޓީމުވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ލިވަޕޫލް އަދި ސަންޑަލޭންޑް ކުޅުނު މެޗު ނިމުނީ 1:1 އިން އެއްވަރުވެގެންނެވެ.
މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ސަންޑަލޭންޑުންނެވެ. ނަމަވެސް މެޗު ނިމެންއުޅެނިކޮށް ލިވަޕޫލްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެންޗެސްޓަރ ޔުނިޓެޑް އަދި ވެސްޓްހޭމް ބައްދަލުކުރި މެޗުވެސް ނިމުނީ 1:1 އިން އެއްވަރުވެގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ޑަލޮޓް ޔުނައިޓެޑަށް ލީޑު ނަގާދީފައި ވަނިކޮށް 83 ވަނަ މިނެޓުގައި ވެސްޓްހޭމްގެ މަގައްސާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.


