ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ބެޓިސް އަތުން ބާސެލޯނާ ތަފާތުބޮޑުކޮށް މޮޅުވެއްޖެއެވެ.
ބާސާއިން ބެޓިސްގެ މައްޗަށް ކުރި ހޯދީ 5:3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅު ބެޓިސް އިން ލީޑު ނަގާފައި ވަނިކޮށް ބާސާ އިން ވަނީ ފަހަތުން އަރާ ފުލުފުލުގައި 5 ލަނޑު ޖަހާފައެވެ.
މީގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދީ ބާސާގެ ސްޓްރައިކަރު ފެރާން ޓޮރޭސް ވަނީ ހެޓްރިކް ހަދާފައެވެ.
ދެން ބާސާގެ ލަނޑުތައް ޖަހާދިނީ ބާޖީ އަދި ލަމީން ޔަމާލްއެވެ.
މި ނަތީޖާއާއެކު ބާސެލޯނާ ވަނީ ތާވަލުގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.


