ޖެނުއަރީގައި ލިވަޕޫލް ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް ސަލާހް ދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ 3:3 އިން ލިވަޕޫލް އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ އިންޓަވިއުގައި ޖެނުއަރީ ޓްރާންފަރ މާކެޓުގައި ލިވަޕޫލް ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް އެޓީމުގެ ތަރި މުހައްމަދު ސަލާހް ދީފިއެވެ.

ލިވަޕޫލުން އެންމެ ފަހުން ކުޅުނު ތިންމެޗުގައިވެސް ކޯޗް އާނޭ ސްލޮޓް ވަނީ ސަލާހް ބެންޗުގައި ބައިންދާފައެވެ. އެކަމާ ގުޅިގެން ސަލާހް ވަނީ އިންޓަވިއުގައި އޭނާގެ އުދާސްތައް ބޭރުކޮށްލާ ލިވަޕޫލުން އޭނާ ބާކީކޮށްލައިފިކަމަށް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އޭނާ އާ ކޯޗު އާނޭ ސްލޮޓް އާ ކުރިން އޮތް ގާތް ގުޅުން އެއްކޮށް ކެނޑިފައިވާކަމަށާއި އަންނަ ހަފްތާ ބަންދުގައި އެންފީލްޑްގައި ބްރައިޓަން އެންޑް ހޯވް އަލްބިއަންއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ސަޕޯޓަރުންނަށް އަލްވަދާއު ކިޔާނެ ކަމަށެވެ.

"އަހަރެން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި މިހުރީ. އަހަރެން މި ކްލަބަށް ވަރަށް ގިނަ ކަންތައްތައް ކޮށްދީފައިވާނެ، އަދި ހުރިހާ އެންމެންނަށް ވެސް ފާއިތުވި ސީޒަންތަކުގައި، ޚާއްޞަކޮށް މިދިޔަ ސީޒަންގައި އަހަރެން ކޮށްފައިވާ ކަންތައްތައް ފެނިފައިވާނެ." އޭނާ އިތުރަށް ބުނީ: "ކްލަބުން ބޭނުންވަނީ ޓީމުގެ ނަތީޖާތަކުގައި އަހަރެން ޒިންމާކުރަން ކަމަށް ހީވަނީ، ލިވަޕޫލްގެ ތެރޭގައި މިހިނގާ ކަންތައްތަކުގެ ސަބަބަކީ އަހަރެން ކަމަށް ހަދަން މަސައްކަތްކުރާހެން." އޭނާ އިތުރަށް ބުނީ: "ކުރިން އަހަރެން ބުނެފައިވާނެ ސްލޮޓްއާ އަހަރެންގެ ގުޅުން ރަނގަޅު ކަމަށް، ނަމަވެސް މިހާރު އޭނާއާ އެއްވެސް ގުޅުމެއް ނެތް، އަދި އެއީ ކީއްވެކަމެއް އަހަރެންނަކަށް ނޭނގޭ. އަހަރެންނަށް ހީވަނީ އަހަރެން މިތާ ދެމިހުރުމަށް ބޭނުންނުވާ މީހަކު ހުރިހެން." އިންޓަވިއުގައި ސަލާހް ބުނެފައިވއެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ކްލަބަށްވުރެ ކުޅުންތެރިޔާ އިސްނުވާނެކަމަށް އޭނާވެސް ގަބޫލްކުރާކަމަށާއި އެހެންނަމަވެސް މިހާތަނަށް އޭނާ ލިވަޕޫލްއަށް ކުޅެދީފައިވާ ކުޅުމާއި ހޯދައިދީފައިވާ ކާމިޔާބަށްފަހު އެކަށީގެންވާ އިހްތިރާމް ޓީމުގެ ފަރާތުން ލިބެންވާނެކަމަށް ޤަބޫލުކުރާކަމަށެވެ.

ސީޒަންގެ މިހާތަނަށް ލިވަޕޫލްގެ ފޯމު ދަށްވެފައިވާ ދަނޑިވަޅެއްގައި، އެ ޓީމުގެ ފޯމު އަލުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކޯޗު ސްލޮޓް ވަނީ ވެސްޓް ހޭމް، ސަންޑަރލޭންޑް އަދި ލީޑްސްއާ ދެކޮޅަށް ކުޅުނު ފަހުގެ ތިން ލީގު މެޗުގައި ސަލާޙް ބަދަލު ކުޅުންތެރިންގެ ތެރޭގައި ހިމަނާފައެވެ. މި ސީޒަންގައި ލިވަޕޫލްގެ ގިނަ ކުޅުންތެރިން ވަނީ މިދިޔަ ސީޒަންގައި ލީގު ކާމިޔާބުކުރި އިރު ދެއްކި ނުދެއްކިފައެވެ، ޚާއްޞަކޮށް ސަލާޙްގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ.

2017 ގައި ރޯމާއިން ލިވަޕޫލަށް ބަދަލުވުމަށްފަހު ކުޅުނު 420 މެޗުގައި ސަލާހް ވަނީ ލިވަޕޫލަށް 250 ގޯލު ޖަހާދީ 116 އެސިސްޓް ހަދާދީފައެވެ. އަދި އޭނާއަކީ ކްލަބްގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ ގޯލު ޖަހާދިން ކުޅުންތެރިޔާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ