ޑިސެމްބަރު 13 ގައި އެވަަޓަން އަތުން މޮޅުވި މެޗަށްފަހު، މި ސީޒަނުގައި ޗެލްސީއަށް ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވިދާނެ ސަބަބު އެންޒޯ މަރެސްކާ ފާހަގަކޮށްފިއެވެ. އެވަަޓަން އަތުން މޮޅުވި މެޗަށްފަހު، އިޓަލީގެ ކޯޗު ބުނީ 2024 ވަނަ އަހަރު ސްޓެމްފޯޑް ބްރިޖާ ގުޅުނު ފަހުން އޭނާ ހޭދަކުރި "އެންމެ ގޯސް 48 ގަޑިއިރު" ތަހައްމަލު ކުރަން ޖެހުނު ކަމަށެވެ.
ލީޑްސް ޔުނައިޓެޑާއި އެޓަލާންޓާ އަތުން ބަލިވުން ހިމެނޭހެން، އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުލިބި އޮތުމަށްފަހު، ޑިސެމްބަރު 3 ވަނަ ދުވަހު ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުން ޗެލްސީ ވަނީ 2-0 އިން އެވަަޓަން ބަލިކޮށްފައެވެ. އެވަަޓަންއާ ދެކޮޅަށް ނަތީޖާ ނެރުމަށް ޗެލްސީއަށް ބޮޑު ޕްރެޝަރެއް އޮތްއިރު، ކޯލް ޕާމާ އާއި މާލޯ ގުސްޓޯ ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މަރެސްކާ ބުންޏެވެ: "އަހަރެން ކުޅުންތެރިންނަށް ތައުރީފު ކުރާ ސަބަބަކީ މިއީ، ސަބަބަކީ މިހާ ގިނަ މައްސަލަތަކެއް ހުރި ނަމަވެސް، އުނދަގޫ ހަފްތާއަކަށްފަހު އެމީހުން ވަރަށް ރަނގަޅަށް މަސައްކަތް ކުރާތީ. އަހަރެން މި ކްލަބާ ގުޅުނު ފަހުން ވޭތުވެދިޔަ 48 ގަޑިއިރަކީ އެންމެ ގޯސް 48 ގަޑިއިރު، ސަބަބަކީ ގިނަ ބަޔަކު އަހަރެމެންނަށް ސަޕޯޓެއް ނުކުރޭ. އެހެންކަމުން އެ ވަގުތު މާލޯ އާއި އެހެން ކުޅުންތެރިން ދެއްކި ހިތްވަރާއި މަސައްކަތުން އެނގެނީ އެންމެންވެސް ތިބީ މި ކްލަބަށް އެހީވާން ތައްޔާރަށް ކަން."
އޭނާ އެ ބުނި އެއްޗެއްގެ މާނައާ ބެހޭގޮތުން އިތުރަށް ސުވާލު ކުރުމުން މަރެސްކާ ބުންޏެވެ: "ކްލަބާ ގުޅުނު ފަހުން އެންމެ ގޯސް 48 ގަޑިއިރު، ސަބަބަކީ މީހުން އަހަންނަށާއި ޓީމަށް ސަޕޯޓެއް ނުކުރޭ."
މިއީ ކްލަބުގެ އެތެރޭގެ މައްސަލައެއްތޯ ނުވަތަ ސަޕޯޓަރުންނާ ގުޅުންހުރި ކަމެއްތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ: "އާންމުކޮށް ހުރިހާ ކަމެއް. އަހަރެން ސަޕޯޓަރުން ދެކެ ލޯބިވޭ، އަދި ސަޕޯޓަރުންނާ މެދު ވަރަށް އުފާވޭ."
މި ވާހަކަތަކަށް ދެ ހަފްތާ ފަހުން އަލިއަޅުވާލަމުން، ޗެލްސީގެ ކޯޗު ސްކައި ސްޕޯޓްސްއަށް ބުންޏެވެ: "ދަތި ވަގުތުތައް އަންނާނެ. އަހަރެމެން އެކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން، އެހެންވީމާ ބައެއް ވަގުތުތަކުގައި ރަނގަޅު ވަގުތުތަކާއި ގޯސް ވަގުތުތައް އައުމަކީ އާދައިގެ ކަމެއް. އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ ޓީމެއްތެރޭގައިވެސް އެކަން އެގޮތަށް ހިނގާނެ."
އޭނާގެ 48 ގަޑިއިރުގެ ކޮމެންޓަށް މީހުންގެ ސަމާލުކަން ހުއްޓިފައި ހުރުމުން އުނދަގޫވޭތޯ ސުވާލު ކުރުމުން މަރެސްކާ ޖަވާބު ދިނެވެ: "ނޫން، އުނދަގޫވަނީ ދެތިން ހަފްތާ ފަހުންވެސް އަދިވެސް ހަމަ އެއް ވާހަކައެއް ދައްކާތީ. އަހަންނަށް އެނގޭ މީޑިއާގައި އެކަމާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދެކެވޭނެކަން، އެއީ އަހަންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން. އެކަމަކު އަހަރެން އުނދަގޫވަނީ، ނިއުކާސަލް މެޗުގެ އެއް ހަފްތާ ކުރިންވެސް މަތީ ފަންތީގެ މީހުންނާ (މެނޭޖްމަންޓާ) އެއްވެސް މައްސަލައެއް ނެތްކަން ސާފުކޮށްދީފައި ވަނިކޮށް، ދެތިން ހަފްތާ ފަހުންވެސް ހަމަ އެއް ވާހަކައެއް ދައްކާތީ."


