ޗާގޯސް

ފޯޅަވަހި ސަރަޙައްދަށް ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަކަށް އަސަރެއް ނުކުރާނެ

ފޯޅަވަހި ހިމެނޭ ސަރަޙައްދަށް 5.4 މެގްނިޓިއުޑް ބިން ހެލުމެއް އަތުވެއްޖެއެވެ.

މިކަމާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ބިން ހެލުން އައިސްފައިވަނީ މިއަދު އިރުއޮއްސި 18:01 ހާއިރުކަމަށެވެ. ބިން ހެލުން އައިސްފައިވާ ސަރަޙައްދަކީ އައްޑޫ ސިޓީއާއި 933 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

5.4 މެގްނިޓިއުޑްގެ މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

އެ އިދާރާއިން އަބަދުވެސް އަންނަނީ ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަލަމުންނެވެ. އަދި ރާއްޖެއަށް އަސަރުކުރާ ފަދަ ކަމެއް ދިމާވެއްޖެނަމަ އެ މަޢުލޫމާތު ލަސްނުކޮށް އާއްމުންނަށް ހިއްސާކުރަމުންދާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ