ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާގުޅޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ޑރ. ފަޒުނާ ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްޞަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުން 47 އަހަރުގައި މިއަދު ނިޔާވެއްޖެއެވެ. ގދ. ގައްދޫ ކަށިކެޔޮމާގެއަށް އުފަން ޑރ. ފަޒުނާ ނިޔާވުމާ ގުޅިގެން ޞިއްޙީ ދާއިރާގެ ގިނަ ބަޔަކާއި އޭނާ ފަރުވާ ދެއްވި ކުދިންގެ އާއިލާތަކުން ދަނީ ފުން ހިތާމައެއް ފާޅުކުރަމުންނެވެ.

މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން ތަޢުލީމާއި ތަމްރީން ހާސިލުކުރެއްވުމަށްފަހު، ޑރ. ފަޒުނާ އައިޖީއެމްއެޗްގައި ބަލިމީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭނާ ވަނީ އޯޓިޒަމް، އޭޑީއެޗްޑީ އަދި އުނގެނުމުގެ އެކި ކަހަލަ އުނދަގޫތައް ހުންނަ ކުދިން ދެނެގަތުމަށް ހަދާ އެސެސްމެންޓްތަކާއި ފަރުވާ ދިނުމުގައި ރާއްޖޭގައި ނުހަނު ބޮޑު އަދި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ޑރ. ފަޒުނާގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު، މާލޭ އާސަހަރާ މިސްކިތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ