ވުޒާރާތަކާއި އެސްއޯއީތަކުގެ މީޑިއާ ޓީމުތަކަށް ތަމްރީނު ޕްރޮގްރާމެއް ބޭއްވުން، ފޮޓޯ: ޕީއެސްއެމް ނިއުސް

ވުޒާރާތަކާއި އެސްއޯއީތަކުގެ މީޑިއާ ޓީމުތަކަށް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މީޑިއާ ޓީމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ 'މާސްޓަރކްލާސް އޮން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން' ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ގުޅިގެން ހިންގި މި ޕްރޮގްރާމްގެ މައިގަނޑު މަގުޞަދަކީ ދައުލަތުގެ މުއައްސަސާތަކުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން ހަރުދަނާކޮށް، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަކީބާއި ރައީސް އޮފީހުގެ އެސިސްޓަންޓް އަންޑަރސެކްރެޓަރީ މަރްޔަމް ރުޝްދާ ރަޝީދު ފާހަގަކުރެއްވި ގޮތުގައި، މި ތަމްރީނުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކާއި މަޝްރޫއުތަކުގެ މައުލޫމާތު ފުރިހަމަކަމާއެކު އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. އަދި މީގެ ސަބަބުން މައުލޫމާތު ހާމަކުރުމުގެ ނިޒާމު އެއްހަމަވެ، މީޑިއާ މަސައްކަތްތަކުގެ ފެންވަރު މަތިވެގެންދާނެއެވެ.

އެކި ވުޒާރާތަކުން ހަތް ބައިވެރިން ފުރިހަމަކުރި މި ޕްރޮގްރާމް، ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ