އެމްއެމްއޭ ހިންގާ ޢިމާރާތް, ފޮޓޯ: އެމްއެމްއޭ

ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށްވުރެ އިތުރު

2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށްވުރެ އިތުރުވެ، 686.8 މިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މޭ މަހާ އަޅާބަލާއިރު 18.0 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިޔަން ޑޮލަރު (17.5 އިންސައްތަ) ދަށް އަދަދެކެވެ.

ޖުމްލަ ރިޒާވް ދަށްވި ނަމަވެސް، ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ހުރީ 248.9 މިލިޔަން ޑޮލަރުގައެވެ. މިއީ މޭ މަހަށްވުރެ 11.9 މިލިޔަން ޑޮލަރު ދަށް އަދަދެއް ނަމަވެސް، 2025 ޖޫން މަހު ޔޫސަބަލް ރިޒާވް ހުރި 203 މިލިޔަން ޑޮލަރާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި ޖޫން މަހު ގްރޮސް ރިޒާވް ދަށްވީ ބޭރު ފައިސާގެ ހޭދަ އިތުރުވުމުންނެވެ. ޚާއްޞަކޮށް ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމުން، އެމްއެމްއޭއިން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނެއެވެ. 2026 މާރިޗު މަހު ރިޒާވް 1,331.8 މިލިޔަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް 645.0 މިލިޔަން ޑޮލަރު މަދުވެފައިވާއިރު، އެންމެ ބޮޑު ދަށްވުމެއް އައީ އޭޕްރީލް މަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ