ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް މުޙައްމަދު އަޙްމަދު އައްޔަންކޮށްފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް މުޙައްމަދު އަޙްމަދު އައްޔަންކޮށްފިއެވެ. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނާ އެއްގޮތަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ސީއެމްޑީއޭގެ ބޯޑު މެންބަރުންނާއި ސީއީއޯ އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޙުސައިން މަނިކު ވަނީ މިދިޔަ އެޕްރީލް މަހުގެ 30 ގައި ރިޓަޔަރ ކުރައްވާފައެވެ.

އަލަށް ސީއީއޯގެ މަޤާމާ ޙަވާލުވެވަޑައިގަތް މުޙައްމަދު އަޙްމަދަކީ ފައިނޭންސް، ބޭންކިންގ، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދައުލަތުގެ އަދި ޕްރައިވެޓް ސެކްޓާގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެތެރޭގައި މާލީ ވުޒާރާއާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، އަދި ސޮލަރެލް އިންޝުއަރެންސް ހިމެނެއެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީން އެމްބީއޭ (MBA) އަދި އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް ތަރައްޤީކުރުމަށް 2006 ވަނަ އަހަރު އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ ސީއެމްޑީއޭއިން ބުނީ، މުޙައްމަދު އަޙްމަދުގެ ތަޖުރިބާއާއެކު އޮތޯރިޓީގެ ހިންގުމަށް އިތުރު ކުރިއެރުމާއި ހަރުދަނާކަން ލިބިގެންދާނެ ކަމަށެވެ. އެ އޮތޯރިޓީގެ މައިގަނޑު މަސައްކަތަކީ ސެކިއުރިޓީޒް ބާޒާރުގެ ކުންފުނިތަކަށް ލައިސަންސް ދިނުމާއި އިންވެސްޓަރުންގެ ޙައްޤުތައް ރައްކާތެރިކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ