އެމެރިކާއާއި އީރާނުގެ އަސްކަރީ ކުރިމަތިލުންތައް ފުޅާވެ، ޚަލީޖުގެ ޤައުމުތަކަށް ބާރުގަދަ ޙަމަލާތަކެއް!

އެމެރިކާއާއި އީރާނުގެ އަސްކަރީ ކުރިމަތިލުންތައް ފުޅާވެ، ޚަލީޖުގެ ޤައުމުތަކަށް ވަރުގަދަ ޙަމަލާތަކެއް!

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ބޮޑުވެ، ދެފަރާތުން ދެމުންދާ ޙަމަލާތައް ޚަލީޖުގެ އެކި ޤައުމުތަކަށް ފެތުރި، މަސްރަޙު އިންތިހާއަށް ގޯސްވެއްޖެއެވެ.

ދާދި ދެންމެއަކު ޤަޠަރުގެ ވެރިރަށް ދޯހާއަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ރައްކާތެރިކަމުގެ ކުއްލި އެލާޓްތައް މޮބައިލް ފޯނުތަކަށް ވަނީ ފޮނުވާފައެވެ. މީގެއިތުރުން، އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކަށް ކުވައިތުގެ އެއަރ ޑިފެންސުން ރައްދުދެމުންދާއިރު، އެ ޤައުމަށް ދެވުނު ޙަމަލާތަކުގެ ގޮވުމުގެ އަޑު އިރާޤުގެ ދެކުނު ބަޞަރާއާ ހަމައަށް އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަޙްރައިނުން ވެސް ވަނީ މުޅި ޤައުމުގައި ވައިގެ ޙަމަލާގެ އިންޒާރުދޭ ސައިރަން އަޅުވައި، ރައްޔިތުން ރައްކާތެރި ތަންތަނަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. މިއީ ބަޙްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ޙަމަލާދިނުމާ ގުޅިގެން ފެށުނު ކަންްތައްތަކެކެވެ.

މީގެއިތުރުން، އީރާނުގެ ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގައި ހުންނަ އިރާންޝަހަރު އެއާޕޯޓަށް އެމެރިކާއިން ދިން ޙަމަލާއެއްގައި ޢާންމެއްގެ މީހަކު ޒަޚަމްވެ، އެއާޕޯޓުގެ ކަރަންޓު ވިއުގައަށާއި ތެޔޮ ތާނގީއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ބުނެއެވެ. މީގެއިތުރުން، ނިއުކްލިއާ ޕްލާންޓް ހުންނަ ބޫޝެހްރަށާއި، ބަންދަރު ޢައްބާސް އަދި އަހްވާޒް ސަރަޙައްދަށް ވެސް އެމެރިކާއިން ރޭ ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގެ މަސްރަޙު ދެން ދުވަހަކުވެސް 40 ދުވަހުގެ ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ނުދާނެއެވެ. އަދި އެމެރިކާއިން ސަރަޙައްދީ ހަމަޖެހުން ނަގާލާ ކަމަށް ތުހުމަތުކޮށް، އީރާނަށް ޙަމަލާދިނުމަށް އެމެރިކާއަށް ބިން ނުދިނުމަށް ޚަލީޖުގެ ޤައުމުތަކަށް އީރާނުން ވަނީ ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ