ބީއެމްއެލް މުވައްޒަފުން ތަމްރީނުކުރަން އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން، ފޮޓޯ: ބީއެމްއެލް

ބީއެމްއެލް މުވައްޒަފުން ތަމްރީނުކުރަން އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ބައިނަލްއަޤުވާމީ ފެންވަރުގެ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށްޓަކައި، ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވަރސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ މުވައްޒަފުންނަށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ތަމްރީނުތައް ހޯދައިދީ، ބޭންކިންގ ދާއިރާގެ ފަންނީ މީހުން ބިނާކުރުމެވެ.

މި އެމްއޯޔޫގެ ދަށުން، ޚާއްޞަކޮށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ބައިނަލްއަޤުވާމީ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ޚާއްޞަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މާލީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު ޙިއްޞާކުރުމާއި، ލީޑަރޝިޕް ތަރައްޤީކުރުމުގެ ފުރުސަތުތައް ވެސް މީގެ ތެރެއިން މަގުފަހިވާނެއެވެ.

ރާއްޖޭގެ ބޭންކިންގ އަދި މާލީ ޚިދުމަތްތައް ކުރިއެރުވުމަށް ބީއެމްއެލްއިން ޚާއްޞަ އިސްކަމެއް ދޭއިރު، ބީއެމްއެލް އެކެޑަމީން މީގެ ކުރިން ވެސް ވަނީ މުވައްޒަފުންގެ ކުރިއެރުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އަދި ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީއާއެކު ވެސް އެއްބަސްވުންތައް ޤާއިމުކޮށް، ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ