ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ބޭނުންފުޅުވާ ރައްޔިތުންނަށް އެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ދިނުމުގެ ގޮތުން ކުރިއަށް ގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވުމަށް އިތުރު ހަތަރު ދާއިރާއަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުޞަތު ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް (rayyithungeadu.presidency.gov.mv) މެދުވެރިކޮށް ނަން ނޯޓުކުރެއްވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހޯމަ ދުވަހުގެ (27 ޖުލައި 2026) ރޭ 12:00 އެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއްވައެވެ.


