ސާފް ޗެމްޕިއަންޝިޕް 2026 ގެ ރަސްމީ ލޯގޯ އިފްތިތާޙުކޮށްފި

މި އަހަރުގެ ނޮވެމްބަރު 4 އިން 17 އަށް ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލޯގޯ ޑާކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިފްތިތާޙުކޮށްފިއެވެ.

ސާފް އިން ހާމަކުރި ގޮތުގައި، މި ލޯގޯއިން ދައްކުވައިދެނީ ބަންގްލަދޭޝްގެ އަންހެނުންގެ ޞަޤާފީ ހެދުން ފޮއްޗެއްކަމަށްވާ ޖަމްދާނީގެ ސިފަތަކާއި އެ ޤައުމުގެ މުއްސަނދި ޞަޤާފަތާއި ރަމްޒުތަކެވެ. އަދި މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޓެކްނޯ ސްޕޯޓްސް ކަމަށްވާތީ، މުބާރާތުގެ ރަސްމީ ނަމަކީ "ޓެކްނޯ ސްޕޯޓްސް ސާފް ޗެމްޕިއަންޝިޕް 2026″ އެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން 2018 ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު، އެ ފަހަރުގެ ތަށި އުފުލާލީ ދިވެހިރާއްޖެއިންނެވެ. ރާއްޖެއިން ވަނީ 2008 (ސްރީލަންކާއާއެކު) އަދި 2021 ގައި މި މުބާރާތް ހޯސްޓުކޮށްފައެވެ. އެންމެ ފަހުން 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ