ކޯޗު ޕެޕް ގާޑިއޯލާ

އިޓަލީގެ ކޯޗުކަމުގެ ފުރުޞަތު ޕެޕް ގާޑިއޯލާ ދޫކޮށްލައިފި

އިޓަލީވިލާތުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ މިވަގުތު ހަވާލުވެވެން ނެތްކަމަށް ބުނެ، ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ އެ ފުރުޞަތު ދޫކޮށްލައިފިއެވެ.

އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނަށް މިކަން އަންގަމުން ގާޑިއޯލާ ހާމަކުރި ގޮތުގައި، އޭނާ ބޭނުންވަނީ ކުރިންވެސް ރާވާފައިވާ ގޮތަށް ފުޓްބޯޅައާ ދުރުގައި އަރާމުކޮށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށެވެ. އިޓަލީގެ ފެޑެރޭޝަނުން ގާޑިއޯލާއަށް ބޮޑު މުސާރައެއް ދޭން ތައްޔާރަށް ތިބި ނަމަވެސް، އަދި ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީއާ މަޝްވަރާކުރުމުންވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިޓަލީގެ ޤައުމީ ޓީމާ ހަވާލުވުން އެންމެ ނަޒީކީ ޔޫއޭއީގެ ޔުނައިޓެޑް އެފްސީގެ ކޯޗު، އިޓަލީގެ ކުރީގެ ތަރި އަންދުރެއާ ޕީރްލޯއެވެ. މީގެއިތުރުން އެންޓޯނިއޯ ކޮންޓޭއާއި ރޮބާޓޯ މަންޗީނީގެ ނަންވެސް އެ މަޤާމަށް ވަނީ ހުށަހެޅިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ