ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ދެ އެތުލީޓަކު ރަން މެޑަލް ހޯދައި، ރާއްޖެ ފަޚްރުވެރިކޮށްދީފިއެވެ.
ރަން މެޑަލް ލިބިފައިވަނީ އައިޝަތު ލައިކާ ޙުސައިންއަށާއި އައިޝަތު މާނިޔާ އާދަމްއަށެވެ.
މާނިޔާ ރަން މެޑަލް ހޯދީ ވޯލްޑް ގޭމްސްގެ ޑިވިޝަން އެކެއްގެ ބެޑްމިންޓަން އިވެންޓުގައި ބަލްގޭރިއާގެ ކުޅުންތެރިއެއްގެ މައްޗަށް ދެ ސެޓުން ކުރި ހޯދައިގެންނެވެ. އަދި ލައިކާ ރަން މެޑަލް ހޯދީ ހޯދީ 100 މީޓަރު ދުވުމުންނެވެ.
މި މުބާރާތުގައި ރާއްޖެއަށް ވަނީ ބްރޮންޒް މެޑެލެއްވެސް ލިބިފައެވެ. ލެވެލް ސީ – ޑިވިޝަން އެފްއޯ 3 ކެޓަގަރީގެ 200 މީޓަރު ދުވުމުން ރާއްޖޭގެ ޒާނާ އަލީ ޝަރީފް ވަނީ ރާއްޖެއަށް ބޮރޮންޒް މެޑެލް ހޯދާފައެވެ.
މި ރަން މެޑަލްތަކަކީ ރަސްމީ ސިފައެއްގައި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ތިން ވަނަ ރަން މެޑަލްއެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ މުބާރާތުގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑެއްޔެއް ހޯދިއެވެ.
ރާއްޖެއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފުވަނީ ޓީމަށް މަރުޙަބާ ވިދާޅުވެ، ހިތްވަރު ދެއްވާފައެވެ.
Alhamdhulillah.
Congratulations Maniya on winning Gold Medal 🥇 in Badminton (Division 1), good job coach @afnaanrasheed. 🙌🏾
We all are so proud of you. 🇲🇻❤️
Saabahey @shai_na @PhyruEdam, Ibbe and team. @SolympicsMV @SpecialOlympics #somaldives #Berlin2023… pic.twitter.com/xu6fPRDkJi
— Ahmed Mahloof (@AhmedMahloof) June 24, 2023