7 ފެބުރުވަރީ 2025

އެފްއޭއެމް އިސްލާޙުކުރުމަށް ގޮވާލާ އަޑު ދަނީ ގަދަވަމުން

އެފްއޭއެމް އިސްލާޙްކުރުމަށް  ގޮވާލައި އަޑު މިހާރު ދަނީ ގަދަވަމުންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އެފްއޭމްއާ މެދު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖުން ރާއްޖެ ކެޓުމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް އަމާޒުވެފައިވާ ފާޑު ކިޔުންތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ދަނީ އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އަދި އެފްއޭމް ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެށުމަށްވެސް ގޮވާލަމުންނެވެ.

މިހާރު އަންނަނީ  "ސޭވް އެފްއޭއެމް" ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ފެށުމަށްވެސް ތައްޔާރުވަމުންނެވެ.

ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅައިގެ ސަޕޯޓަރުން  ކެމްޕޭނަށް ތާއީދު ކުރަމުންދާއިރު، އެފްއޭއެމް އާ މެދު އޮތް ހިތްހަމަނުޖެހުން ދަނީ ބޮޑުވަމުންނެވެ.

ފުޓްބޯޅަ ސަޕޯޓަރުންގެ މެޖޯރިޓީގެ އިތުބާރެއް މިހާރުގެ އެފްއޭއެމް އަށް އޮތް ކަމަކަށް ނުބެލެވެއެވެ. އަސްލު މައްސަލަތައް ހައްލުނުކޮށް، އެފްއޭއެމްގެ ހިންގުން ހަރުދަނާނުކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. ގައުމީ ޓީމަށް ކިތަންމެ މޮޅު ކޯޗެއް ގެނަޔަސް ނެރެވޭނެ ނަތީޖާއެއް ނޯންނާނެ ކަމަށާއި، ކޯޗަށް މުސާރަ ނުދިނުމާއި ސްޓާފުންނަށް މުސާރަ ނުދިނުމުން އަންނާނެ އިސްލާޙެއް އަދި ބަދަލެއްވެސް ނޯންނެކަން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކުޅުންތެރިން ކިތަންމެ ހިތްވަރެއް ކުރިއަސް ޒިންމާދާރު ފަރާތްތަކުން ކަންކަން ރަނގަޅު ނުކޮށް ލިބޭނެ ކާމިޔާބެއް ނޯންނާނެއެވެ.  ދެމެހެއްޓެނެވި ގޮތަކަށް ފުޓްބޯޅައިން ކުރިއެރުން ހޯދޭނީ ޖުމްލަކޮށް އެފްއޭއެންގެ ހުރިހާ ކަމެއް ރަނގަޅުވެގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު