ބެންޒެމާ، ޠާއިފުގައި އޮންނަ ސަމަރ ޓްރެއިނިންގ ކޭމްޕްގައި ބައިވެރިވުމަށް ހޯމަ ދުވަހު ސައުދީގެ އަލްއިއްތިހާދު ޓީމާ ގުޅިއްޖެއެވެ.
މިއަހަރުގެ ސީޒަންއަށް،، ބެންޒެމާ އަލްއިއްތިހާދާ އަލަށް ގުޅިފައިވާއިރު، ފުރާންސްގެ މިޑްފީލްޑަރ އެން ގޯލޯ ކެންޓޭ އަދި ޕޯޗުގީޒުގެ ވިންގާ ޖޯޓާ ވަނީ އެ ޓީމާ ގުޅިފައެވެ.
އަލްއިއްތިހާދުން އިޢުލާންކޮށްފައިވާ ގޮތަށް ދުނިޔޭގެ މަޝްހޫރު އިތުރު ކުޅުންތެރިންނާ އެ މި ކޭޕްގައި ބައިވެރިވާނެއެެވެ. އޭގެ ތެރޭގައި އިގޯ ކޮރޮނާޑޯ، އަބްދުއްރައްޒާޤް ހަމަދަﷲ، ރޮމާރިންހޯ ހިމެނެއެވެ.
ކުރިއަށް އޮތް ސީޒަންގައި 5 މުބާރާތެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އަލްއިއްތިހާދަށްވެސް ގޮންޖެހުންތަކެއް އޮތް ކަމަށް ޚަބަރު ލިބެއެވެ. އެ މުބާރާތްތަކަކީ ކިންގ ސަލްމާން ކަޕާއި، ރޮޝްން ސައިދީ ލީގާއި، ކަސްޓޯޑިއަން އޮފް ދަ ހޮލީ މޮސްކް ކަޕް، ސައުދީ ސުޕަރ ކަޕާއި އަދި އޭއެފްސީ ޗެމްޕިއަންސް ލީގެވެ.


