ބްރެޒިލްގެ އެތުލެޓިކް ޕަރަނައެންސޭއަށް ކުޅެމުންދިޔަ، 18 އަހަރުގެ އުންމީދީ ފޯވަޑް ވީޓޯ ރޯކް ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާއަށް ސޮއިކުރަން ނިންމައިފިއެވެ. އޭނާ އެ ޓީމަށް ކުޅޭނީ އަންނަ އަހަރުން ފެށިގެންނެވެ.
ބުރެޒިލްގެ ރޯކް ބާރސާއަށް ސޮއިކުރާނީ 7 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
66 މެޗްގައި 22 ލަނޑު ޖަހައިދީ، ޕަރަނައެންސޭއަށް ކުޅެދީފައިވާ ރޮކޭ ވެގެން ގޮސްފައިވަނީ، މިއަހަރުގެ މާރިިޗު މަހުގެ ތެރޭގައި ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ ކަމުގައެވެ.
ރޯކް މިއީ ކުލަބަށް ކުޅެން ކުރި ހުވަފެނެއް ހަގީގަތަކަށްވުން ކަމުގައި އޭނާ ފާހަގަކުރާއިރު، ބާސާއިން ހާމަކޮށްފައިވާ ގޮތުގައި ބާރސާއިން އެންމެ ފުރަތަމަ އަގެއްގެގޮތުގައި ޕަރަނައެންސޭއަށް ދިނުމަށް ހަމަޖެހިފައިވަނީ 33.5 މިލިއަން ޑޮލަރެވެ. އަދި އިތުރު 34.6 މިލިއަން ޑޮލަރު ދިނުމަށްވެސް އެއްބަސްވެފައިވެއެވެ.
ރޯކްވަނީ މިއަހަރުގެ ކުރީކޮޅު ބޭއްވި ދެކުނު އެމެރިކާގެ އަންޑަރ ޓުވެންޓީ ޗެމްޕިއަންޝިޕްގައި ހަ ލަނޑު ޖަހާދީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު އެމުބާރާތުގައި ހޯދާފައެވެެ.