މިއަހަރުގެ ބާއްވާ އިންޑިއަން އޯޝަން އައިލެންްޑް ގޭމްސް (އައިއޯއައިޖީ) އަށް ދާ ރާއްޖޭގެ ހޭންޑްބޯޅަ ކުޅުންތެރިންނަށް ޖާޒީ ޙަވާލުކޮށްފިއެވެ.
ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާފަންނު ސޯޝަލް ސެންޓަރުގައެވެ.
މަޑަގަސްކަރާގައި އޮންނަ އިންޑިއަން އޯޝަން އައިލެންްޑް ގޭމްސްއަށްދާ ރާއްޖޭގެ އަންހެން އައި ފިރިހެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންްޑް ގޭމްސް ރާއްޖޭގެ ގައުމީ ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ތަމްރީންއަށް ތައިލޭންޑުގައި ކޭމްޕުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ކޭމްޕަށް އޯގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ހޭންޑްބޯލް ކުޅުންތެރިން ތައިލެންޑަށް ފުރާނެކަމަށެވެ.
މުޖުތަބާ ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންްޑް ގޭމްސްއަށް ފުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 23 ގައި ކަމަށާއި، މުބާރާތަށް ތައްޔާރުވުމަށް ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށްގެންދާތާ ދެމަސްދުވަސް ވެފައިވާ ކަމަށެވެ.
ރާއްޖޭން ބޭރުން ފިޒިކަލް ޓްރެއިނަރެއް ގެނެސްގެން ފިޒިކަލް ޓްރެއިންތަކެއް ފުރިހަމަކޮށްފައިވާ ކަމަށާއި ޓީމުތައް މިހާރު ފަރިތަކުރަމުންދަނީ ސާބިއާގެ ކޯޗަކާއެކުގައެވެ.
މިއަހަރުގެ އިންޑިއަން އޯޝަން އައިލެންްޑް ގޭމްސް ބޭއްވުމުގެ ބިޑު ފުރަތަމަ ކާމިޔާބުކުރީ ރާއްޖޭން ކަމުގައިވިޔަސް ރާއްޖޭގެ އިޤްތިޞާދު ތަން ނުދޭތީ، އެކަމަށް ތައްޔާރުވެވެން ނެތުމުން ރާއްޖެއިން އެ ފުރުސަތު މަޑަގަސްކަރާއަށް ދޫކޮށްލިއެވެ.