Thursday, 18 April 2024

އަގަލެއް ކުލުނެއް ނެތް ޔަހޫދީން ޣައްޒާ "ރޮއްވާތާ" 70 އަަށްވުރެ ގިނަ އަހަރުވީ

އަގަލެއް ކުލުނެއް ނެތް ހައްދު ފަހަަނަ އެޅި އިޒްރޭލުގެ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާ "ރޮއްވާތާ" 70 އަަށްވުރެ ގިނަ އަހަރުވީއެވެ.ޣައްޒާއަށް ޔަހޫދީން ހަމަލާދީ އިމާރާތްތަކާއި މީސްތަކުންގެ ދިރިއުޅުން ސުންނާފަތިކުރަނީއެވެ. އެ އަނިޔާވެރިކަން ހައްދުން ނެއްޓި، އަނެއްކާވެސް މިވަނީ ލާއިންސާނިއްޔަތު ކަމުގެ އިތުރު ބޮޅެއް ފެށިފައެވެ.
May be an image of 8 people
ހަލާކުވެ ފުނޑުވެފައިވާ ގާތަކު ތެރޭގައި ކުޑަކުދީންގެ އިހުސާސްތައް ފެންނާނެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފެންނާނެއެވެ. ޔަހޫދީންގެ ނުބައި ޖައްބާރު ވަކިތަަކުން ދުވަސްވީ މީހުންނާއި އަންހެނުންނަށް އަނިޔާކޮށް ޝަހީދުކުރަމުންދާ އެ ރަޙްމުކުޑަ ނުބައި ސުންޕާ އަމަލުތައް މިދަނީ އަބަދާ އަބަދުމެ ހާމަވަމުންނެވެ.
May be an image of 3 people and text

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ޚާންޔޫނީސްގައި ހުންނަ އަލްއަމީން މިސްކިތް މިވަނީ ސުންނާފަތި ކޮށްލާފަ.


ޣައްޒާއަކީ، ގަދަފަދަ ބޮންއެޅުމާއި ވޭންދެނިވި ހަމަލާތަކުގެ ވަޤުތުގައި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ކެެމެރާތަކާއި، އެބައިމީހުންގެ ސުރުހީތަކުން އިސްޖާގައެެއް ލިބިގެންދާ ނިކަމެތިންގެ ގޮވައްޗެކެވެ.

"އަލްޖަޒީރާ" އިން ނަގާފައިވާ މަޢުލޫމާތު


އިސާނިއްޔަތު ކަމެއް ނެތް ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނެސް، ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ޤައުމުގެ ރައްޔިތުންގެ ޙަޢްޤުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ފެށި 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ދަށުން، ކުއްލިއަކަށް 5000 ރޮކެޓު އިޒުރޭލާ ދެކޮޅަށް ފޮނުވާލައި، ކުއްލިއަކަށް ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭންގެ ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލާތަކެއްވަނީ ދީ، މި ޙަމަލާތަކުގައި ޔަހޫދީންގެ 350 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 1،000 އަށް ވުރެ ގިނަ ޔަހޫދީން ވަނީ ޒަޚަމްކޮށްލާފައެވެ. މިކަމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 415 މީހުން ޝަހީދުކޮށްލާފައެވެ.

May be an image of 9 people, ambulance, hospital and text

 

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަން ކުރަން ގޮވާލެވޭ ވަރަށް، އެ ޖަމާޢަތުން މިހާރު އިސްރާއީލުގެ ސިފައިން އަތުލައިގަނެފައިވާކަމަށް ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ބުނެފައިވެއެެވެ.

ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *