Saturday, 11 May 2024
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ބޭއްވި އެސެސަރ ވޯކްޝޮޕްގެ ތެރެއިން، ފޮޓޯ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އެސެސަރ ވޯކްޝޮޕެއް ބާއްވައިފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް. އެން. އެސް.ޑީ.އޭ) އިން 2024 އޭޕްރީލް 25 ގައި އެސެސަރ ވޯކްޝޮޕްގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

އެސެސަރ ވޯކްޝޮޕަކީ އެމް.އެން.އެސް.ޑީ.އޭގެ ނޭޝަނަލް އެސެސްމަންޓް ތަކުގެ ފެންވަރު ހިފެހެއްޓުމާއި، ނޭޝަނަލް އެސެސްމަންޓް ކުރިއަށް ގެންދާނެގޮތް އެސެސަރުންނަށް ކިޔައިދިނުމާއި،  ނޭޝަނަލް އެސެސްމަންޓްތައް ކުރިއަށްގެންދިޔުމުގައި އެސެސަރުންގެ ކަންބޮޑުވުންތައް ޙިއްސާކުރުމަށާއި، އެސެސަރުންގެ  ތަޖުރިބާއާއި ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދެވުނު ވޯކްޝޮޕެކެވެ.

މޯލްޑިވްސް ޕޮލިޓެކްނިގެ ކޮންފަރެންސް ރޫމްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 41 ނޭޝަނަލް އެސެސަރުން ބައިވެރިވިއެވެ. މި ވޯކްޝޮޕްގެ ބައިވެރިންނާއި އެމް.އެން.އެސް.ޑީ.އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ.ޒަހުރާ މުޙައްމަދު ބައްދަލުކުރައްވައި، އެސެސަރުންގެ ޚިޔާލާއި މަޝްވަރާތަކާއި ގުޅިގެން  ނޭޝަނަލް އެސެސްމަންޓް ހަރުދަނާ ކުރުމާއި، ފެންވަރު ހިފެހެއްޓުމަށް ކުރަމުންދާ ކަންކަމުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ އެމް.އެން.އެސް.ޑީ.އޭގެ ސީ.އީ.އޯގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ނާޖީ ޙުސައިން އަދި ސީނިއަރ އެޑްމިން އޮފިސަރ އައިޝަތު އަޒުލާ ޤާސިމް އެވެ.

ނޭޝަނަލް އެސެސްމަންޓަކީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާއި އަޅާކިޔައި، މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި، މަޢުލޫމާތާއި، މަސައްކަތުގެ އަޚްލާގު އެމީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި ކިޔަވައިދޭ އިންސްޓިޓިއުޓްތަކުން ކުރިއަށް ގެންދާ އިމްތިހާނުތަކުގެ އިތުރުން ނޭޝަނަލް އެސެސަރުން މެދުވެރިކޮށް ކުރިޔަށްގެންދާ އިމްތިހާނެކެވެ.

އެމް. އެން. އެސް.ޑީ.އޭ އަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ނަންބަރު: 2021/7(16 މޭ 2021) ގެ ހަވަނަ ބާބުގެ މަސައްކަތުގެ ތައުލީމާއި ތަމްރީނުދިނުމުގެ ގައުމީ ނިޒާމްގެ ދަށުން އުފެދިފައިވާ އޮތޯރިޓީއެކެވެ. މި އޮތޯރިޓީ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *