ޗެމްޕިއަން ޒައިކްއަށް ޓްރޮފީ ހަވާލުކުރަނީ / ފޮޓޯ : ސަން އެމްވީ

ރަން މެޑަލް ހޯދީ ޒައިކް

ސެންޓްރަލް އޭސިއަން ވޮލީބޯލް އެސޯސިއޭޝަން ( ކާވާ ) އިން އިންތިޒާމްކޮށްގެން ބާއްވާ ފިރިހެނުންގެ ޗެމްޕިއަންސް ލީގު 2025 ޗެމްޕިއަންކަން ކަޒަކިސްތާނުގެ ޒައިކް ވީސީ ހޯދައިފިއެވެ. 5 ޤައުމެއްގެ 6 ކްލަބް ވާދަކުރި މި މުބާރާތް ކުރިޔަށް ދިޔައީ މާލޭ ޒުވާނުން މަރުކަޒުގެ އެތެރެ ހޯލުގައި މި ޖުލައި މަހުގެ 17 އިން 23 ގެ ނިޔަލަށެވެ.

ރޭގައި ކުޅުނު ފައިނަލް މެޗުގައި ޒައިކް ވީސީ މޮޅުވީ ކިރިގިސްތާނުގެ ބިޝެކްއާ ކުޅެ 3 ސެޓް 1 ސެޓުންނެވެ. ޒައިކްގެ ސެޓްތައް ގެންދިޔައީ 26-24 ، 25-21 އަދި 25-22 އިންނެވެ. ބިޝެކްގެ ހަމައެކަނި ސެޓް ކާމިޔާބުކުރީ 25-20 އިންނެވެ.

މި މުބާރާތުގެ ތިން ވަނަ ހޯދީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބެވެ. އިއްޔެ ހަވީރު ތިން ވަނަ ހޮވަން ކުޅުނު މެޗުން އެޓީމު މޮޅުވީ ސްރީލަންކާގެ ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާ ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. ނޭޕާލް ޓީމުން ސެޓްތައް ގެންދިޔައީ 25-20 ، 25-15 އަދި 25-21 އިންނެވެ. ލަންކާ ޓީމުގެ ސެޓް ގެންދިޔައީ 25-20 އިންނެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ދެ ޓީމުކަމަށްވާ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެޗްޑީސީ އަށް މުބާރާތުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނެތެވެ. ސިފައިންގެ ޓީމަށް 3 ޕޮއިންޓް ލިބުނުއިރު ، އެޗްޑީސީ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މެޗަށް ފަހު ޗެމްޕިއަންޓީމަށާއި ރަނައަޕް ޓީމަށާއި ވަނަވަނަޔަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ދިނުން އޮތެވެ.

  • ބެސްޓް ސެޓަރ ވުލަޑިމައަރ ކޮވަލްޗުކް ( ޒައިކް ވީސީ )
  • ބެސްޓް އައުޓްސައިޑް އެޓޭކަރ މުރާދު ޖީހާން ( ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް )
  • ބެސްޓް އައުޓްސައިޑް އެޓޭކަރ އުމަރުބެކް ޒުނުސޯފް ( ބިޝެކް )
  • ބެސްޓް މިޑްލްބްލޮކަރ ނޫރް އިސްލާމް ( ބިޝެކް )
  • ބެސްޓް މިޑްލްބްލޮކަރ ޕޮރޮކޮފްޔެވް ވޮލަޑިމިރް ( ޒައިކް ވީސީ )
  • ބެސްޓް އޮފޮސިޓް ކުޅުންތެރިޔާ ވިޓަލީ އެޑްސްޓެއިން ( ޒައިކް ވީސީ )
  • ބެސްޓް ލިބަރޯ ސަންޓޯޝް ރާއީ ( ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް )
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ވިޓަލީ އެޑްސްޓެއިން ( ޒައިކް ވީސީ )

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ