15 އޮކްޓޫބަރު 2025

ކަނޑުތައް ގަދަވެ، 13 އަތޮޅެއް ހިމެނޭހެން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، 13 އަތޮޅެއް ހިމެނޭހެން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން، ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 9:00އިން ފެށިގެން މެނދުރުފަހު 3:00 އާއި ހަމައަށެވެ. ކ. އަތޮޅުން ފެށިގެން އައްޑޫސިޓީ ދެމެދު ސަރަހައްދަކަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށެވެ. އަދި މިއަދުން ފެށިގެން މިމަހުގެ ހުކުރު ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

އަދި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދރާއިން ވިދާޅުވެއެވެ. އެއިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން އަދި އެހެން ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު