15 އޮކްޓޫބަރު 2025
ޙަމާސްގެ ބެލުމުގެ ދަށުގައިވާ 48 އަސީރުންގެ "ވަދާޢީ ފޮޓޯ" އާންމުކޮށްފި، ފޮޓޯ: ކްލޭޝް ރިޕޯޓް

ޙަމާސްގެ ބެލުމުގެ ދަށުގައިވާ 48 އަސީރުންގެ "ވަދާޢީ ފޮޓޯ" އާންމުކޮށްފި

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އަސްކަރީ ގޮފި، އަލްޤައްސާމް ބުރިގޭޑުން އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި 48 ޔަހޫދީ އަސީރުންގެ "ވަދާޢީ ފޮޓޯ" ކަމަށް ބުނެ ފޮޓޯތަކެއް އާންމުކޮށްފިއެވެ.

މި ފޮޓޯތައް އާންމުކޮށްފައިވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އޮކްޓޯބަރު 7 ގައި ޙަމާސުން ޔަހޫދީންނަށް ދިން ޖިހާދީ ޙަމަލާގައި 250 އަށްވުރެ ގިނަ ޔަހޫދީން އަސީރުކުރިއެވެ. މި ޙަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ފެށި ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ.

ޙަމާސުން މި ފޮޓޯތައް އާންމުކޮށްފައިވަނީ ޕޯސްޓަރެއްގެ ސިފައިގައެވެ. ކޮންމެ ފޮޓޯއެއްގެ ކައިރީގައި "ރޮން އަރަޑް" މި ނަން ޖަހާފައިވެއެވެ. ރޮން އަރަޑްއަކީ 1986 ވަނަ އަހަރު ލުބުނާނުގައި ވީނުވީއެއް ނޭނގި ގެއްލުނު ޔަހޫދީ ވައިގެ އަސްކަރިއްޔާގެ ކެޕްޓަނެކެވެ.

ޙަމާސުން ބުނާ ގޮތުގައި މި ވަގުތު އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބީ 20 ވަރަކަށް އަސީރުންނެވެ. އަދި އަސީރުންގެ ފުރާނަ ގެއްލުމަށް މެދުވެރިވަނީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ކަމަށް ޙަމާސުން ބުނެއެވެ. "ޔަހޫދީންގެ އަސްކަރީ ޙަރަކާތްތައް ފުޅާކުރާ ވަރަކަށް އަސީރުންގެ ފުރާނައަށް ނުރައްކާވާނެ" ކަމުގެ އިންޒާރު ޙަމާސްއިން ދެމުން ގެންދެއެވެ.

ޙަމާސުން މި ފޮޓޯތައް އާންމުކޮށްފައިވަނީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ހުއްޓައިލުމަށް ދެކޮޅު ހެދުމާއި، ޔަހޫދީންގެ އަސްކަރީ ވެރިޔާ އީޔަލް ޒާމިރުގެ ބަލިކަށިކަމުގެ ސަބަބުން ޣައްޒާގައި ޔަހޫދީންގެ ޙަމަލާތައް އިތުރުވެފައިވާތީ ކަމަށް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު