15 އޮކްޓޫބަރު 2025
ޓީޗަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން

މަނަދޫ އަޒީގެ ޅެންހާރު: އެދުރުންގެ ޚިދުމަތަށް ތަޢުރީފުގެ ބަހެއް

*ރާގު! ތެރީދުނިޔާމެ ޖީނޭސޭ…،.
ތެދޭ ތަޢުރީފު މިއަދުގެ ޙައްޤުވާބަޔަކީ އެ އެދުރުންނޭ
އެދޭ ޝުކުރާ މުބާރިކް ޚާއްޞަވާބަޔަކީ އެ އެދުރުންނޭ
ނުހަނުބުރަ އަދި އެހައި އުނދަގޫ މަސައްކަތްޕުޅުތަކާއެކުގައި 2
ނުހަނުގިނަގުނަވި ޚިދްމަތް ދެއްވަވާބަޔަކީ އެ އެދުރުންނޭ
އޮހޮހޯ —- —– —–
ޚިޔާލާ ފިކުރު ހިންގަވަމުން އެހައި ކެތްތެރިކަމާއެކުގައި
(ޚިޔާލަފިކުރު ހިނަގަވަމުން)
ޚިޔާލާ ފިކުރު ހިންގަވަމުން އެހައި ކެތްތެރިކަމާއެކުގައި
ނިޔާމަޙަޔާތަކަށް ޅަދަރީން ނެރުއްވަވަނީ އެ އެދުރުންނޭ
ދެދުނިޔޭން ބާއްޖަވެރިކަންހުރި މަގަށް މަގުއަލި ކޮށައިދެއްވައި 2
މިދުނިޔޭން ހެޔޮނުބައި ވަކިކޮށް އެދެއްވަވަނީ މި އެދުރުންނޭ
އޮހޮހޯ —– —– —–
ހިތާއި ފުރާނަޔަށް ޅަދަދަރީންގެ ރޫޙާނީ ޣިޛާ ދެއްވައި
(ހިތާއި ފުރާނަޔަށް ޅަދަރީން)
ހިތާއި ފުރާނަޔަށް ޅަދަދަރީންގެ ރޫޙާނީ ޣިޛާ ދެއްވައި
ހިތާ އަދި ސިކުނޑި ހުޅުވައިދެއްވަނީ ލޮބުވެތި އެ އެދުރުންނޭ
ޢުލޫމީ ގުލްޝަނުންމޭވާ މަލާ ފަހިކަންމަތީ ބިނދެގެން 2
ޤުލޫބަށް އޭގެ ތާޒާރަހަ ފޮނުއްވަވަނީ އެ އެދުރުންނޭ
އޮހޮހޯ —– —— ——
އަމާންކަން ޤައުމަށާ ވަޠަނަށް ލިބޭމަގު ފަހިވެދާނޭހެން
(އަމާންކަން ޤައުމަށާ ވަޠަނަށް)
އަމާންކަން ޤައުމަށާ ވަޠަނަށް ލިބޭމަގު ފަހިވެދާނޭހެން
ޒަމާނަށްލޯ ހުޅުއްވައިދެއްވަނީ މަތިވެރި އެ އެދުރުންނޭ
5 އޮކްޓޫބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *