ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: އަދަދު ސްޕޯޓްސް

ޔޫވީ ރެލިގޭޝަންވުމާ ގާތަށް

2016 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ޔުނައިޓެޑް ވިކްޓަރީ ( ޔޫވީ ) ރެލިގޭޝަންވުމާ ގާތަށް ގޮސްފިއެވެ. ދިވެހި ޕްރެމިއަރ ލީގު ރެލިގޭޝަން ޒޯނުގައި އޮތް ގްރީން ސްޓްރީޓް އަތުން ޔޫވީ ވަނީ ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން  1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ގްރީންގެ އަންސާރު އިބްރާހީމް ( އަންކޮ ) އެވެ. މި ލަނޑު އޭނާ ޖެހީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓްގައެވެ.

މި މެޗުން މޮޅުވުމާއެކު 16 މެޗުން 11 ޕޮއިންޓް ހޯދައިގެން ތާވަލުގެ އަށްވަނަ އަށް ވަނީ ގްރީން ޖެހިލާފައެވެ. ޔޫވީ އޮތީ 16 މެޗުން 7 ޕޮއިންޓް ލިބިގެން އެންމެ ފުލުގައެވެ. ޔޫވީ އަށް ދެން އޮތީ ވެލެންސިޔާ މެޗާއި ވިކްޓަރީ މެޗެވެ. އެންމެ ފުލަށް ދާ ދެޓީމު ރެލިގޭޝަން ވާއިރު ވެލެންސިޔާ އޮތީ 15 މެޗުން 8 ޕޮއިންޓް ހޯދައިގެން ނުވަ ވަނައިގައެވެ. މިއަދު ހަވީރު ޓީސީ އާއި ވެލެންސިޔާ ކުޅޭ މެޗަކީ ދެޓީމަށްވެސް މުހިއްމު މެޗެކެވެ. މި މެޗުން މޮޅުވެ ޓީސީ އިން ރެލިގޭޝަން ނުވެ ސަލާމަތްވާނެވެ.

ދިވެހި ޕްރެމިއަރ ލީގުގައި ހުކުރު ދުވަހުގެ ރޭ އޮޑި ވަނީ ވިކްޓަރީ 3 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ. އޮޑިގެ ގޯލުތައް ޖަހައިދިނީ އައިހަމް ( އައިހު ) އާއި ލޫތު އަދި މުޒްދާންއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ