ޓީސީގެ ކުޅުންތެރިން / ފޮޓޯ : ޓީސީ ސްޕޯޓްސް ކްލަބް ޕޭޖް

ޓީސީ ރެލިގޭޝަނުން ސަލާމަތް ވެއްޖެ

ދިރާގު ދިވެހި ޕްރެމިއަރ ލީގުގައި ވެލެންސިޔާ 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ރެލިގޭޝަނުން ސަލާމަތް ވެއްޖެއެވެ. ޕޮއިންޓް ތާވަލްގެ އެންމެ ފުލަށްދާ ދެޓީމު ރެލިގޭޓްވާއިރު ، އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް 7 ޕޮއިންޓް ލިބިފައިވާ އިރު ، ވެލެންސިޔާއަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. އެހެންކަމުން ބާކީ އޮތް ދެ މެޗުން މި ދެޓީމު މޮޅުވިޔަސް 15 ޕޮއިންޓް ލިބިގިގެން ތާވަލުގެ 7 ވަނައިގައި އޮތް ޓީސީ އާ ހަމަހަމަ ނުކުރެވޭނެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ޓީސީ އާއި ވެލެންސިޔާ ބައްދަލުކުރި މެޗުގައި ދެ ޓީމުންވެސް ފެނުނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ މޮޅުވާން ބޭނުންވެފައިވާ ތަނެވެ. މެޗުގެ ފުރަތަމަ ހާފާއި ފަހުހާފުގެ ފުރިހަމަ ވަގުތު ކުޅެ ނިމުނުއިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ. 90 މިނެޓް ކުޅެ ނިމުމުން ދެއްކި އިތުރު ވަގުތުގައި ޓީސީގެ ބިދޭސީ ފޯވާޑް ޕްރިންސް ވަނީ މެޗުގައި ފެނުނު ހަމައެކަނި ގޯލު ޖަހާ ޓީސީ މޮޅުކޮށްދީފައެވެ.

ދެން ލީގު މެޗެއް ކުޅެވޭނީ 28 ޖެނުއަރީގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ