ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ފިރިހެން ޤައުމީ ޓީމު އެކުލުވާލުމަށްޓަކައި ކުޅުންތެރިން ހޯދުމަށް ބާއްވާ ކޭމްޕް 31 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ. " ޓެލެންޓް އައިޑީ ކޭމްޕް " ނަމުގައި ބާއްވާ މި ކޭމްޕް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 3:45 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
އެފްއޭއެމް އިން އިންތިޒާމު ކުރާ މި ކޭމްޕްގައި 2007 ، 2008 އަދި 2009 ވަނަ އަހަރު އުފަންވެފައިވާ ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކަށް ބައިވެރިވެވޭނެއެވެ. 20 އަހަރުން ދަށުގެ ޓީމަށް ކުދިން ހޮވަނީ ސައުތު އޭސިއަން ފުޑްބޯލް ފެޑެރޭޝަން ( ސާފް ) އިން އިންތިޒާމްކޮށްގެން ބާއްވާ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު އެކުލަވާލުމަށެވެ. 23 މާރޗު 2026 އިން 4 އޭޕްރީލު 2026 އަށް ކުރިޔަށް ދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް އޮންނާނީ ދިވެހިރާއްޖޭގައެވެ.


