އޭައި އިން ޖެނަރޭޓްކޮށްފައިވާ ފޮޓޯއެއް

މޫސުން ގޯސްވުމުގެ ސަބަބުން ޓްރަމްޕްގެ 80 ވަނަ އުފަންދުވަހުގެ ހަފްލާއަށް ބުރޫއަރަނީ

ޖޫން 14 ވާ އާދިއްތަ ދުވަހު ވައިޓް ހައުސްގައި ބޭއްވުމަށް ހަމަޖެހިފައިވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 80 ވަނަ އުފަންދުވަހުގެ ބޮޑު ހަފްލާ، މޫސުން ގޯސްވުމުގެ ސަބަބުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

"ދަ ވެދަރ ޗެނަލް" އިން ލަފާކުރާ ގޮތުގައި އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގުގުރުމާއެކު ވާރޭވެހުމުގެ 40 އިންސައްތަ ފުރުސަތެއް އެބައޮތެވެ. އަދި ދުވަހުގެ އެންމެ މަތީ ފިނިހޫނުމިން 91 ޑިގްރީ ފަރަންހައިޓަށް އުފުލޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އެދުވަހުގެ ޔޫވީ އިންޑެކްސް 11 އަކުން 9 ގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ހަމުގެ ބަލިތަކާއި އަވިން ފިހުމުގެ ވަރަށް ބޮޑު ނުރައްކަލެއް އޮތް މިންވަރެކެވެ. ރައްކާތެރިކަމެއް ނެތި އަވީގައި އެންމެ 20 މިނެޓު ހޭދަކުރުމުން ވެސް ހަމަށް ގެއްލުންވެދާނެއެވެ. ވާރޭވެހިއްޖެ ހާލަތެއްގައި ހަފްލާ އެތެރެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވައިޓް ހައުސްއިން މިހާތަނަށް އެއްވެސް ބަދަލު ޕްލޭނެއް ހާމަކޮށްފައެއް ނުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޓްރަމްޕްގެ މޫޑު ސާފުނުވެދާނެ ކަމަށް ރިޕޯޓުތައް ބުނަނީ، ދާދިފަހުން މީޑިއާއަށް އޭނާ ދެއްކި ކޮންޓްރޯލުން ނެއްޓުނު ރުޅިގަނޑުގެ ބަހަނާއަކަށް މޫސުން ދައްކާފައިވާތީއެވެ. މިދިޔަ އާދިއްތަ ދުވަހު ދެއްކި އެންބީސީގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމުގައި، 2020 ގެ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭގޮތުން 50 މިނެޓު ވަންދެން ސުވާލުކުރުމުން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ރުޅިއައިސް މައިކް ނަގައި ކަނޑާލުމަށްފަހު ބިމަށް ޖަހައި އިންޓަވިއު ދޫކޮށް ގޮސްފައެވެ. އެ އިންޓަވިއު ކުރިއަށްދިޔައީ މުޅިން ބަންދުކޮށްފައިވާ ކޮޓަރިއެއްގެ އެތެރޭގައި ނަމަވެސް، ޓްރަމްޕް ފަހުން ދަނޑުވެރިންގެ ބައްދަލުވުމެއްގައި ބުނީ އޭނާ ރުޅިއައީ ބޭރުގައި ވާރޭވެހެމުންދާތީ މޫޑު ގޯސްވެގެން ކަމަށެވެ.

ޓްރަމްޕްގެ މި ބަހަނާއަށް މީސްމީޑިއާގައާއި ސިޔާސީ މައިދާނުގައި ގިނަ ބައެއްގެ މަލާމާތް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި އެންބީސީއަކީ މޫސުން ކޮންޓްރޯލްކުރާ ބައެއް ނޫން ކަމަށާއި، އިންޓަވިއު ކުރިއަށްދިޔައީ އިމާރާތެއްގެ އެތެރޭގައި ކަމަށްވުމުން ވާރޭގެ ސަބަބުން ރުޅިއަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ