ސަފީރު މަޚްލޫފް ވަނީ ޖާޕާނުގެ ދިފާއީ ވުޒާރާގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވާފައި

ޖަޕާނާއި ރާއްޖޭގެ ދިފާޢީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފި

ޖަޕާނާއި ރާއްޖޭގެ ދިފާޢީ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ޖަޕާނުގެ ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މަސަހިސާ މިޔަޒާކީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފް ކުރެއްވި އިޚްތިރާމުގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުވުމުގައި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ނަތީޖާނެރެވޭ ފަދަ މަޝްވަރާތަކެއް ކުރެވުނުކަން ސަފީރު މަހްލޫފް ވެސް ވަނީ ފާހަގަކުރައްވާފައެވެ. ސްޓޭޓް މިނިސްޓަރ މިޔަޒާކީ ވިދާޅުވީ، އެކި ހާލަތްތަކުގައި ޖަޕާނުގެ އަސްކަރީ މަތިންދާބޯޓުތައް ތައްޔާރީ ހާލަތުގައި ބޭއްވުމަށް ރާއްޖެއިން ދީފައިވާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ.

ޖަޕާނަކީ ކަނޑުގެ ސަލާމަތާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވުމާއި ކާރިސާތައް މެނޭޖުކުރުމުގައި ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ މުހިންމު ބައިވެރިއެކެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން އަންނަ އަހަރު ފާހަގަކުރާއިރު، މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެ ފަރާތުންވެސް އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ