ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފޮޓޯ: އެޗްޑީސީ

ހިޔާގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އައު ފުރުސަތުތައް ހޯދައިދޭނެ: ވަޒީރު

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދިނުމަށްޓަކައި، ބޯހިޔާވަހިކަމުގެ އައު ފުރުސަތުތައް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ހިޔާ ފްލެޓްގެ ދެ ކޮޓަރިއަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ހާލަތު ބަދަލުވެ، ދަރިން ގިނަވުމުގެ ސަބަބުން އެހެން ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަން ދޭންޖެހޭތީ އެހެން ތަނަކަށް ބަދަލުވުމުގެ ފުރުސަތަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް، ހިޔާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އެއަށްވުރެ ތަނަވަސް ދިރިއުޅުމެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2,000 އެއްހާ މީހުން ދިރިއުޅޭއިރު، އެ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ހިޔާ ސަރަހައްދަށް ކަނޑައަޅާފައިވާ "އޯޕަން ސްޕޭސްތަކުން" ކުރިން ގޯތި ދީފައިވުމާއި ބިން ނެތުމުގެ ސަބަބުން ޚިދުމަތްތައް ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ދިރާސާތަކުން ދައްކާގޮތުގައި މީގެ ކުރިން ބޯހިޔާވަހިކަމުގެ ދުރުރާސްތާ ޕްލޭނެއް ހަދާފައިނުވާއިރު، ކުރީގެ މަޝްރޫޢުތަކުން ފްލެޓް ލިބުނު ބައެއް މީހުން މިހާރު އެތަންތަނުގައި ދިރިއުޅެން ބޭނުންނުވާތީ، މިއަށް ހައްލެއް ގެނެވޭނީ އެކި މީހުންގެ ހާލަތާ އެއްގޮތަށް ތަރައްޤީކުރާ ހައުސިން މަޝްރޫޢުތަކުންނެވެ.

2018 ވަނަ އަހަރު ނިންމި 25 ބުރީގެ 16 ހިޔާ ޓަވަރުތަކުގެ ފްލެޓްތައް އޭރުގެ ސަރުކާރުން ހަވާލުނުކޮށް އެތައް ދުވަހަކު ބެހެއްޓުމަށްފަހު ހަވާލުކުރީ ފިނިޝިންގ މަސައްކަތްތަކާއި، ދޮރުތަކާއި، އަދި އަސާސީ އެތައް ޚިދުމަތްތަކެއް ޤާއިމްނުކޮށް ކަމަށްވުމުން ރައްޔިތުންނަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވިއެވެ. ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފިނިޝިންގ ޚަރަދުން 200,000 ރުފިޔާ އުނިކޮށްދީ، މަހު ކުލި ކުޑަކޮށްދީފައެވެ. މީގެ އިތުރުން، މި ސަރުކާރުން ވަނީ ހިޔާގެ ކޮންމެ ޓަވަރެއްގައި ސްޓްރެޗަރ އެރުވޭ ފަދަ ޖާގަ ތަނަވަސް އިތުރު 2 ލިފްޓް ހަރުކޮށްދީ، ރައްޔިތުންނަށް ދިމާވި ތަކުލީފުތަކަށް ބޮޑު ލުޔެއް ހޯދައިދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހިޔާ ފްލެޓް ތަކަކީ ގިނަ ބަޔަކަށް އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ދެއްވި ހަދިޔާއެއް !!!!!!!!!!!!!!!!!!!!.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ